ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ ސަން
ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ ސަން
އެމްޑީޕީއަކީ އެއްވެސް އަގެއް ނެތް އަދި ގައުމު ހަލާކުކުރި ބައެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޔާމީން ވަނީ މި ސަރުކާރަށާއި މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް، ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ޚިލާފަށް ގައުމުގެ ބިންތަކާއި މުދާތައް ދޫކުރުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ސަރުކާރާއެކު ކޮމްޕްރޮމައިޒް ވެފައިވާ އަދި އެއްވެސް އިތުބާރެއް އޮތް ބައެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ދެ ދައުރުގެ ވެރިކަމުން އެ މީހުންނަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫންކަން ސާބިތުވެފައިވާ ކަމަށާއި، ރާއްޖެ ހަލާކުކޮށްލީ އެމީހުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެމްޑީޕީން ދިވެހިރާއްޖެ ރަނގަޅުކޮށްދޭނަމޭ ކިޔާފައި އުޅޭނެ ކަމެއް ނެތް. އެ މީހުންގެ ދެ ވެރިކަން ފެނިއްޖެ. އެއީ ގައުމު ހަލާކުކުރި ބަޔަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު