މުޙައްމަދު އަޢުޡަމް   9 ނޮވެމްބަރު 2026 - 0:25
އިންޑިއާ ސަރުކާރުން ރާއްޖެއަށް 1،200 ގަސް ހަދިޔާކުރުމަށް ހުޅުމާލޭގައި ބޭއްވި ހަލްފާގެ ތެރެއިން--
އިންޑިއާ ސަރުކާރުން ރާއްޖެއަށް 1،200 ގަސް ހަދިޔާކުރުމަށް ހުޅުމާލޭގައި ބޭއްވި ހަލްފާގެ ތެރެއިން--
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފިއެވެ.

އެ ގަސްތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއި އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ގަސް އިންދުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފް ކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު