އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ ޤަދަރުވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވައިލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑު" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެވޯޑު ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެ ބޭފުޅުންނަކީ އާދަޔާޚިލާފު ކުޅެދުންތެރިކަމާއި ފަންނުވެރިކަން ދައްކުވައިދިން، މުޖުތަމަޢުގެ އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންކުރަންވާނީ، ކުލުނާއި ކަމޭހިތުމަށް ޖާގަދީ، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުވާ ފަދަ ގޮތަކަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއްވެސް އިންސާނަކީ ތަޤުދީރު މެދުވެރިވެފައިވާ ގޮތުން މުޖުތަމަޢުން އެކަހެރިކޮށްލަންޖެހޭނެ މީހެއް ނޫންކަން ފާހަގަކުރައްވަމުން، އަސްލު ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ޝާމިލުވާ، އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ހާދިސާއަށް އަލިއަޅުއްވައިލައްވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިޙުސާސުތަކަށް އިޙުތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާ، އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްކަން ސާޖިދާ ހަނދާންކޮށްދެއްވިއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިހާރު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް، ހޭލުންތެރިކަން އިތުރުވަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު