ސައުދީގެ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް ބަދޫރާ ސައީދު އައްޔަނުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ބަދޫރާއަށް ކޮންސުލް ޖެނެރަލްގެ މަގާމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.
އެ މަގާމަށް ބަދޫރާ އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖޮއިންޓް ސެކެޓްރީގެ މަގާމަގައެވެ.
ބަދޫރާއަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ހުންނެވި ފުންނާބު އުސް ބޭފުޅެކެވެ.
ބަދޫރާއަކީ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު