އައްޑޫ ސިޓީ ހަންކެޑެ ތަރައްގިކުރުމަަށް ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާންކޮށްފިއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫޢު އިއުލާންކޮށްފައވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރަތުންނެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން އުފައްދާފައިވާ 100 އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓާއެކު އައްޑޫގެ ފަތުރުވެރިކަމަށް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް، އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން ވަޒީފާގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްވެސް ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ 1041 ކޮޓަރި ހިމެނޭ މަޝްރޫއެކެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ އެކި ބާވަތްތަކުގެ ކޮޓަރިތައް ހިމެނޭނެކަމަށްވެސް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.



އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ލިންކް ރޯޑުން ގުޅިފައި އޮންނަ މަރަދުއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ ރައީސް ސާލިހުގެ ވައުދެކެވެ.

ކުރީ ސަރުކާރުތަކުންވެސް ހަންކެޑެގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެކި މަޝްރޫއުތައް އިއުލާންކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އައިއިރު އެ މަސައްކަތްތައް ނިންމާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން