ސްކޫލެއްގައި ތަޢުލީމް ޙާސިލްކުރާ ދަރިވަރުންތަކެއް
ސްކޫލެއްގައި ތަޢުލީމް ޙާސިލްކުރާ ދަރިވަރުންތަކެއް
ކިޔެވުން ފެށޭއިރު ދަރިވަރުން ސްކޫލަށް ހާޒިވާން ޖެހޭނީ ހަފްތާގެ ދެ ދުވަހު ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.


ތަޢުލީމީ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ވައިރަސް ހަލުއިކަމާއިއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން 2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔަވައިދިނުން ސްކޫލްތަކުގައި 16 ޖަނަވަރީ 2022 ގައި ފަށާއިރު މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ތަޢުލީމީ ވުޒާރާއިން އަންގަވާފައި ވަނީ ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ހަމައެއާއެކު ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމަށާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމަށް އަންގަވާފައިވެއެވެ.

އޭގެއިތުރުން ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު