ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްލަވާލައްވައިފިއެވެ.

މިމަސައްކަތްތައް އެމަނިކުފާނު ބައްލަވާލައްވާފައިވަނީ ސަރުކާރުގެ އިސްވެރިންނާއެކު އިއްޔެ ތިލަފުށްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް ތިލަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ތިލަފުށީގައި ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ސައިޓުތަކަށް ވަޑައިގެން ބައްލަވާލައްވާފައެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތްކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.



ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް އާޒިމްއާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން