ކޮންމެ އަހަރަކުވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ދޫކުރަމުންދާ ސްޓޫޑަންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ހުޅުވާލިއިރު އެ ފުރުސަތު މިއަދަށް ހަމަވާނެ އެވެ.

އެހެން ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު މިހާރު އަންނަ މަހުގެ ދޭއް ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ފަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ 500 ސްޓޫޑަންޓް ލޯނުގެ ފުރުސަތެވެ.

މި ފަހަރުގެ ފުރުސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ދޭން ނިންމާފައިވާއިރު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ލޯނު ސްކީމުގައި ހިމަނާފައި ވެއެވެ.

މިދިޔަ އަހަރު ވަނީ ސްޓޫޑަންޓް ލޯނު ރީސްޓްރަކްޗާކޮށް އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށް އަދި ލޯނު ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް އިތުރުކޮށްދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން