ރައީީސް ޞާލިޙް ވެކްސިން ޖައްސަވަނީ
ރައީީސް ޞާލިޙް ވެކްސިން ޖައްސަވަނީ
15 ޖެނުއަރީން ފެށިގެން ކޯވިޑް ބޫސްޓަރ ވެކްސިން ޑޯޒް ޖެހުމަށް ހުޅުވާލައިފިއެވެ.


އެޗްޕީއޭއިން މިއަދު ބުނީ، ބޫސްޓަރ ވެކްސިން ޑޯޒް ޖެހުމަށް ނިންމާފައިވަނީ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސްވެފައިވާ މީހުންނަށް ކަމަށެވެ.

އެގޮތުން ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން 15 ޖެނުއަރީ 2022 ން ފެށިގެން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.ވެކްސިން ޖަހަންދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރު ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އޭގެއިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު، އެކަމާއި ގުޅޭގޮތުން ފިޔަވަޅުތައް ވަރުގަދަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަރުގަދަކޮށް، މާލެއިން ރަށްރަށަށް ދަތުުރުކުރާއިރު ޕީސީއާރު ޓެސްޓެއް ހެދުންވެސް ވަނީ މަޖުބޫރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު