ތިމަރަފުށީގައި ޢިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް
ތިމަރަފުށީގައި ޢިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މީގެ 3 އަހަރު ކުރިން ރާއްޖޭގެ ވެރިކަމާ ޙަވާލުވެ ވަޑަގެންނެވިއިރު އެމަނިކުފާނުގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ފަޚުރުވެރި އާއިލާއެއް ބިނާކޮށް، ޤަދަރުވެރި ދިރިއުޅުމެއް އުޅޭ ރައްޔިތެއް އުފެއްދެވުމެވެ. އެކަން ކަށަވަރުކޮށްދިނުމަށްޓަކައި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ފާއިތުވި 3 އަހަރު މި ސަރުކާރުން ވަނީ މީގެ ކުރީގެ ސަރުކާރެއްގެ ފުރަތަމަ 3 އަހަރު ޙާސިލް ނުކުރާފަދަ ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައެވެ.


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ރަނުން ރަނަށް ފުއްދުމުގައި މި ސަރުކާރުން ވަނީ އެންމެ ތިން އަހަރުތެރޭގައި 7000 އަށް ވުރެ ގިނަ ޢަދަދެއްގެ ގެދޮރު ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާފައެވެ. އެގޮތުން އެފޯޑަބަލް، 4440 ހައުސިންގް ޔުނިޓްގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިވަގުތު ދަނީ ކުރިއަށެވެ. ހަމަ އެއާއެކު މިޑްރޭންޖްގެ ޢާމްދަނީ ލިބޭ ޢާއިލާތަކަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ 640 ހައުސިންގެ މަސައްކަތް ކުރިއަށް ދާއިރު، 1920 ކައުންސިލް ހައުސިންގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

މި ސަރުކާރުން މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އަތޮޅުތެރޭގެ ރަށްރަށުގައި ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަދަދުވެސް ހުރީ 400 އިން މަތީގައެވެ. އެގޮތުން ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށް ދާއިރު މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ދަނީ ކުރިއަށެވެ. ހަމައެއާއެކު ތ. ތިމަރަފުށީގައި ޢިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތާއި ޅ. ނައިފަރުގައި ތަރައްޤީކުރާ 100 ހައުސިންގެ މަސައްކަތް ހުއްޓުމެއްނެތި ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.

2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހައުސިންގ މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓްކޮށްފައިވެއެވެ. ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަން 650 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށެވެ. އަދި ތިން ކޮޓަރީގެ ތަންތަން 800 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފުލެޓެއްގައި ހުންނަނީ 586 އަކަފޫޓެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދިވެހިރައްޔިތުން ގެދޮރުވެރި ކުރުވުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޗޭނަށް އިތުރު ބޮޅުތަކެއް ކުރިއަށް އޮތް 2 އަހަރުވެސް އިތުރުވެގެން ދާނެއެވެ. އެ އަމާޒަށް ވާސިލުވެވިއްޖެނަމަ މި ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެބޮޑު ތަފާތެއް ދެއްކި ސަރުކާރަށެވެ. ހަމަ ގައިމުވެސް މި ވޭތުވެދިޔަ 3 އަހަރުގެ ނަތީޖާއިން އެކަނިވެސް ރައީސް ޞާލިޙްގެ މި ސަރުކާރުން މިވަނީ އެ ތަފާތު ދިވެހި ރައްޔިތުންނަށް ދައްކުވައިދީފައެވެ.

ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އަޅަންފަށާފައި، މުޅިން ނުނިމިހުރި 7000 ފްލެޓްގެ ވާހަކައާއި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ މަސައްކަތްތަކުގެ ވާހަކަ އަޅާ ކިޔާއިރު މިއަޅާކިޔެނީ ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ނަތީޖާއާއިކަން ގަބޫލުކުރަން ޖެހެއެވެ. ކަމެއްގެ ނަތީޖާ އަޅާ ކިޔާނަމަ އަޅާ ކިޔަންވާނީ އެއް މުއްދަތެއްގައި އެއް ހަމައަކުން ލިބިފައިވާ ނަތީޖާއަކަށެވެ. ނިމިދިޔަ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހި ކަމުން ހޯދި ނަތީޖާއާއި މިސަރުކާރުގެ ބޯހިޔާވަހި ކަމުގެ ނަތީޖާ އަޅާކިޔާނަމަ އެކަން ކުރަން ވާނީ އަދި ދެއަހަރު ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު


0

މޮހޮރު

12 ގަޑި ކުރިން

ނޫނޭ މަހަމަކޮސްވެއްޖެ ގިނަކަމުން (ތިންއަހަރުން) މުޅިބައިތުލްމާލު ދަވާލީ ވީކަމެއްހަމަ ހަރާން


1

އިބްރާހީމް

24-Nov-2021

ސަރުކާރުން އެތައް މަޝްރޫޢުއެއް އެބަހިންގާ އެކަމަކު ތިމަރަފުށީގައި ހުރީ ހައުސިންގ ޔުނިޓްތަކެއްނޫން ސީދާ ދޫނިދޫ ޖަލުގޮޅިތަކެއް 74 މިލިއަން ރުފިޔާގެ މިމަސައްކަތް އެޕްރޫވްކުރި ބަޔަކަށް މިތަންތަނަށް ދިވެހިން ނުދާނެކަން ހަމަ ރަގަޅަށް އެގޭނެ. ޢެކަމަކު އެހުރީ އެޕްރޫވް ކޮއްފަ ދެން ޒިންމާ ނަގާނީ ކާކު?


-3

ޙަސަން

17-Nov-2021

ޢަލީ ކަލޭ ދެލޮލު މޮހޮރު ޖަހައިފަ ހުރީމާ ކަލޭ އަކަށް ނުފެންނާނެ ސަރުކާރުން ކުރާ ރަނގަޅު އެއްވެސް ކަމެއް ހާއްސަކޮށް ޕީޕީ ކުދިން ދެލޯ ކަނު ވާނެ މިހާރު ތަމެން ވަރަށް ދަތިކޮށް އުޅޭނީ މިހާރު އަދީބު ދިން ލާރިކަޮޅު ހުސްވީމާ


6

ޢަލީ

17-Nov-2021

ރައްޔިތުންގެ ލޮލަށް ނުފެންނަ ބޯހިޔާވަހިކަންތަ؟


1

ބޯހިޔާ

17-Nov-2021

ނޫނޭ ކަނުމީހުންވެސް އުޅޭ