ހދ. ކުޅުދުއްފުށީ ސިޓީގައި ބައިނަލްއަގުއާމީ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕެލްސެއް ގާއިމްކުރުމަށް ނިންމައިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ބައިވެރިވެވަޑަައިގެންނެވި މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ، ހދ. ކުޅުދުއްފުށީ ސިޓީގައި ބައިނަލްއަގުއާމީ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕެލްސެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އިންޑިޔާ ސަރުކާރުގެ އެހީގައި ހިންގާ އެމަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.



" ނެޓްބޯޅަ، ބާސްކެޓް ހޭންޑް ބޯލް، ވޮލީ ބޯލް، ހިމެނޭގޮތަށް ވަރަށް ފުރިހަމަ އިންޓަނޭޝަނަލް ފެންވަރުގެ މެޗުތަށް ކުޅެވޭވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ވެސް މިރަށުގައި މިހާރު ގާއިމްކުރުމަށް ވަނީ ނިމިފައި، އިންޑިޔާގެ އެހީތެރިކަމާއެކީގައި އިރާދަކުރެއްވިޔާ އަންނަ އަހަރު ފެށިގެންދާނެ." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ، މިއަދު ކުޅުދުއްފުށީގައި ހުޅުވި ޓާފް ދަނޑާއި ރެސްޓޮމާއި ލައިޓްގެ މަސައްކަތްވެސް ވަރަށް އަވަހަކަށް ފެށޭނެ ކަމަށެވެ. އަދި އެރަށުގެ ކޮރަލް ދަނޑުގެ ފެންސުގެ މަސައްކަތް ފެށުމަށް ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އެންމެ އުފާވެރި އެއްކަމަކަށް ކުރިއަށް އޮތީ މިރަށުގައި ގާއިމްކުރާ ސިންތެޓިކް ޓްރެކްގެ މަސައްކަތް." މަހުލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން