ޕީޕީއެމުން އިސްނަގައިގެން، އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިއްޔެ މާލޭގައި ބޭއްވި ބޮޑު ހިނގާލުމަކީ ބަޣާވާތަކަށް ތައްޔާރުވުން ކަމަށް ސިފަކުރައްވައި، މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިއިރު ވަޒީރުކަމުގައި ހުންނެވި ސިފާ މުހައްމަދު މިއަދު ވިދާޅުވީ ގައުމެއްގައި އެއްފަހަރުވެސް ބަޣާވާތްކޮށްފިނަމަ ދެން ފެންނާނީ އިރުއިރު ކޮޅާ ސަރުކާރުތަައް ވައްޓާލަން ބަޣާވާތްތައް ކުރާ މަންޒަރުކަމަށެވެ. އަދި އަމުދުން އެގައުމެއްގެ ސިފައިންނާއި ފުލުހުން ބައިވެރިކޮށްގެން އެކަން ކޮށްފިނަމަ އެކަމަށް ނިމުމެއް ނާންނާނެކަމަށް ސިފާ ވިދާޅުވިއެވެ.



ސިފާ ވަނީ އިއްޔެގެ ހިނގާލުމަކީ ބަޣާވާތަކަށް ތައްޔާރުވުންތޯ ވިދާޅުވެ ސުވާލުވެސް ކުރައްވާފައިވެއެވެ.





ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ބޭއްވި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުން ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ހިނގާލުން ވަނީ މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅަކީ އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓު ފުރަހަނި ޝުޢައިބެވެ. އޭނާގެ އިތުރުން ވެސް އެމްޑީޕީގެ ކުރީގެ އިސް ބައެއް ހަރަކާތްތެރިން މި ކަމުގައި ބައިވެރިވާކަން ފާހަގަކުރެވިފައި ވެއެވެ.



"މިނިވަންކަމުގެ ހިނގާލުން" ނަމުގައި ޕީޕީއެމުން އިސްނަގައިގެން ބޭއްވި މިހިނގާލުން ބާއްވާފައިވަނީ ފުލުހުންގެ ހުއްދައާއެކުއެވެ.

ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވަނީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެއިން ބޭރުކުރުމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށްވެސް ހިނގާލުމުގެ ބައިވެރިން ގޮވާލިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ބޯހަލާކު

24-Oct-2021

ކަލެއަށް އެގޭނީ ބަޢާވާތް ކޯޗެއްކަން ތިއުޅެނީ އެމް ޑީ ޕީ ބަޢާވާތުގައި



ޓްރެންޑިން