ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި އޮންނަ ރައީސް މުހަންމަދު ނަޝީީދުގެ ފެކްޝަން ޕާޓީގެ ތެރޭގައި ކެންސަރަށް ވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސާން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އޮންނަ ރައީސް މުހަންމަދު ނަޝީީދުގެ ފެކްޝަން ޕާޓީގެ އެތެރޭގައި ކެންސަރަށް ވެފައިވާ ކަމަށާއި، އެގޮތަށް ޕާޓީ ބާއްވައިގެން އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން މަގާމުތަކުން ދުރުކުރަންޖެހޭކަމަށް އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ މޫސަ ވިދާޅުވިއެެވެ.

"ރައީސް ނަޝީދާއި ހަސަން ލަތީފާއި ޝިއްޕެ ވަރަށް އަވަހަށް ޕާޓީން ވަކިނުކޮށެއް ރައީސް ސާލިހަކަށް ވެސް މިކަން ކާމިޔާބެއް ނުކުރެވޭނެ، އެކަން ކޮށްލަ ދެއްވާށޭ ރައީސް ސާލިހަށް ދަންނަވާލާނީ." އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއާއި ގުޅިވަޑައިގެންފިނަމަ ޕާޓީގެ ޗެއާޕާސަންކަން ހޯއްދަވާނެ ކަމަށެވެ. އޭނާ އެމްޑީޕީގެ ތެރޭގައި ހުންނެވި ނަމަ ޕާޓީ އިސްލާހު ކުރައްވާނެ ކަމަށް އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް އެމްޑީޕީއަށް މިލިއަނުން ފައިސާ ލިބޭ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާނުވާ ނޭގޭ ކަމަށް މޫސަ ވިދާޅުވިއެެވެ. މީގެ އިތުރުން އެފައިސާ ހުންނަނީ ރައީސް ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެމަނިކުފާނު އެމްޑީޕީއަށް ލިބޭ ފަައިސާ ބޭނުންކުރައްވާ ކަމަށް މޫސަ ވަނީ ތުހުމަތު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން