ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޤާނޫނުލް ޢުޤޫބާތުގައި މިހާރު ހުރި ކަންކަން ނަފްރަތުގެ ބިލުގައި ހިމަނަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ، ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތްކަމަށް މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެކަމަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ.

މެންބަރު އިމްތިޔާޒް ވިދާޅޫވެފައިވަނީ، ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ އަދަބުތަކަކީ މިހާރުވެސް ޤާނޫނުލް އުޤޫބާތުގައި ކުށަކަށް ހަދާފައި އޮތް ކަމެއް ކަމަށާއި، އެހެން ކަމުން އެކަން ނަފްރަތުގެ ޢަމަލުތައް ބަޔާންކުރާ ބިލުގައި އަލުން ރިޕީޓްކުރަން ޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި ކުރިން އޮތް އަދަބު ބަދަލުކުރަން ބޭނުން ނަމަ އަލުން ހުށައަޅަން ޖެހޭނީ އެހެން ބިލެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޤާނޫނުލް ޢުޤޫބާތުގައި މިހާރު ހުރި ކަންކަން ނަފްރަތުގެ ބިލުގައި އިތުރަށް ތަކުރާރު ކުރަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިހާރު ހުރި ޤާނޫނުތައް ތަންފީޒު ކުރުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.

"ޤާނޫނުލް ޢުޤޫބާތުގައިވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ޤާނޫނުންވެސް އަދި އެހެނިހެން ޤާނޫނުތަކުގަވެސް އެބަހުރި އިސްލާމްދީނަށް ތައުހީން ކުރުމާއި، ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް. ނަމަވެސް ހިތާމަ އަކީ އެކަންކަން ތަންފީޒު ނުކުރާކަން." ޑރ. ޝަހީމް ވިދާލުވިއެވެ.

ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށެވެ.

އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް ކާފަރެކޭ ބުނުމާއި ނުވަތަ އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ގިނަ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޒަކަރިއްޔާ

26-Jul-2021

އަޑުއަހަން މިއީވެސް 100% މުސްލިމުން އުޅޭ ގައުމެކޭ ކިޔާއަޑު އެކަކު ގާނޫނުހަދާ ކޮށީގަ އަދި މިގައުމުގަ އަންނި އައް ތާއީދުކުރާ މީހުން މީމުސްލިމުން ބާއޭވެސް ހިތަށްއަރާ



ޓްރެންޑިން