ފ.ނިލަންދޫގައި މިއަދު ކުރިއަށް ދިޔަ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން: އަޝްހާ އީދު ގިނަ ރަށްރަށުގައި ދަނީ ކުލަގަދަކޮށް ފާހަގަކުރަމުން
ފ.ނިލަންދޫގައި މިއަދު ކުރިއަށް ދިޔަ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން: އަޝްހާ އީދު ގިނަ ރަށްރަށުގައި ދަނީ ކުލަގަދަކޮށް ފާހަގަކުރަމުން
ކޯވިޑްގެ ރޯގާބަލިމަޑުކަމާއި ގުޅިގެން ހުސްވި އަހަރު ވަރަށް ބޮޑަށް ފަނޑުވެފައި އޮތް ޢީދުގެ ކުޅިވަރުތައް މިއަހަރު ރާއްޖޭގެ ގިނަ ރަށްރަށުގައި ވަރަށް ކުލަގަދަކޮށް މިއަދު ފާހަގަކުރަން ފަށައިފިއެވެ.

މިއަހަރު ޢީދު ފާހަގަކުރަމުން ގެންދާ ގިނަ ރަށްރަށުގައި އަޟުޙާ ޢީދުގެ ކުޅިވަރުތައް ފަށާފައިވަނީ މިއަދު ހެނދުނު ކުރި އީދު ނަމާދަށްފަހުއެވެ. ބައެއް ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފައެވެ. އީދު ނަމާދަށްފަހު ބައެއްރަށްރަށުގައި އެންމެން އެއްކޮށް ހެނދުނު ސައި ބުއިންފަދަ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ހަރަކާތްތައް ވަނީ ބާއްވާފައެެވެ. ހެނދުނު ސަޔަށްފަހު މާލޭގައި ވަނީ އުޟުހިޔާ ކަތިލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެެވެ. އަޟުހާ އީދުގެ ސަގާފަތާއި އެއްގޮތަށް ގިނަ ރަށްރަށުގައި ކުދި ބޮޑު ގިނަ ބަޔަކު ފެންކުޅި ވެސް ބާއްވާފައި ވެއެވެ. މިހާރު ޒާމާނާއެއްގޮތަށް ފެންކުޅި ކުރިއަށް ދަނީ ފެނާއި އެކި ކުލަތަކާއި ވެސް އެކުވެގެންނެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގަައި ސާގާފީ ކުޅިވަރެއްކަމަށްވާ މާލި ހަރަކާތާއި ދަފިނެގުން ފަދަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވެއެެވެ. އަޟުހާ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ފިރިހެނުންގެ ސަގާފީ ކުޅިވަރުތައް ބާއްވާފައެެވެ. އެގޮތުން ހއ. ބާރަށާ ފ. ނިލަންދޫގައި އީދުގެ ކުޅިވަރުތަށް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. މި ކުޅިވަރުތައް ބަލާލުމަށް ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު އެއްވެ އީދުގެ އުފަލުގައި ވަނީ ބައިވެރިވެފައެވެ.

މިއަދު ހަވީރު ބައެެއް ރަށްރަށުގައި ފިރިހެނުންގެ ސަގާފީ ކުޅިވަރުތަައް ބާއްވާފައިވާއިރު މިރޭ ބައެއް ރަށްރަށުގައި އަންހެނުންގެ ސަގާފީ ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެެވެ. ގިނަ ރަށްރަށުގައި ބޮޑު އީދުގެ ކުޅިވަރުތައް ކުރިއަށް އޮތް ތިން ދުވަހުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަޟުހާ އީދު ނުވަތަ ބޮޑު އީދަކީ ދިވެހިން އާންމުކޮށް ވަރަށް ކުލަގަދަކޮށް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ އީދެކެވެެ. ނަމަވެސް ކޯވިޑްގެ ނުރައްކާތެރި ހާލަތާއެއެކު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ހުސްވި އަހަރުގެ ބޮޑު ޢީދު ދިޔައީ ވަރަށް ފަނޑުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު