ކުރީގެ ރައީސް ޔާމީން (ކ)، ކުރީގެ ރައީސް މައުމޫން (މ)، ކުރީގެ ރައީސް ނަޝީދު (ވ)
ކުރީގެ ރައީސް ޔާމީން (ކ)، ކުރީގެ ރައީސް މައުމޫން (މ)، ކުރީގެ ރައީސް ނަޝީދު (ވ)
ކުރީގެ ރައީސުންގެ ގެކޮޅު ކައިރީގައި ޕާކުކުރުން މަނާކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި އެބޭފުޅުން ދިރިއުޅުއްވާ ގެތައް ހިމެނޭ ސަރަޙައްދުގައި ޕާކް ކުރުން މަނާކުރުމަށް އެމްއެންޑީއެފުން ވަނީ މާލޭ ސިޓީކައުންސިލްގައި އެދިފައެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކް ނުކުރެވޭގޮތަށް މިހާރު ހަމަޖައްސާފައިވާއިރު، ރައީސް ނަޝީދުގެ ޢާއިލީގެކޮޅު ކައިރީގައި ޕާކްކުރުން މީގެ ކުރިން ވަނީ މަނާކޮށްފައެވެ. އަދި ރައީސް މައުމޫނާއި، ރައީސް ވަޙީދު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ސަރަހައްދުގައި ޕާކް ކުރުން މަނާކުރުމުގެ ކުރިން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

މޭ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރާއްޖޭގެ ވެރިކަމުގެ 3 ބާރުގެ ވެރިން ދިރިއުޅުއްވަން ސަރުކާރުން ގެކޮޅެއް ހަމަޖެއްސުމަށް ދާދިފަހުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާ އެ ބިލު ކޮމިޓީން ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން