މަޖިލީހުގެ 241 ކޮމިޓީގެ ބައެއް މެންބަރުން
މަޖިލީހުގެ 241 ކޮމިޓީގެ ބައެއް މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތްކުރަށްވައިފިއެވެ.

މިއަދު ހަވީރު ސިފައިންގެ މައި މަރުކަޒަށް 241 ކޮމިޓީގެ މެންބަރުން ޒިޔާރަތް ކުރަށްވާފައިވާއިރު މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. 241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ. ނަމަވެސް މިހާރު ވަކިވަކި ސިފައިން ގެންދަނީ ކޮމިޓީއަށް ޙާޟިރުވެ މަޢުލޫމާތު ހާމަކުރަމުންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ސަރުކާރުން މި އިންކުއަރީއަށް ހުރަސް އަޅަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުގައި ސީދާ ރައީސް ޞާލިހަށްވެސް އިނގިލި ދިއްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން