ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓްތައް އަދިވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ކޮވިޑްގެ އާ ވޭރިއަންޓްތައް އަދިވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ވެކްސިން ޖެހި ނަމަވެސް ކޮވިޑްގެ ވޭރިއަންޓަކަށް އަންނަ ބަދަލުތަކާއެކު ކޮވިޑުން ރައްކާތެރިވުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތު އަދިވެސް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންކަމުން ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.
"އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ސާޖުތައް އައުން އެކަށީގެންވޭ. މިއީ އެންމެ ފަހުގެ ސާޖު ހެނެއް ހިޔެއް ނުވޭ." ޑރ. ޝަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ގިނަ ބަޔަކު އެއްވާ ތަންތަނަށް ނުދިއުމާއި މާސްކު އެޅުމާއި އަތްދޮވުމާއި ސާފު ތާހިރުކަން އިސްކުރުމަށް ޑރ. ޝަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނާއި އެކި ބަލިތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދަމުންދާ ހައިރިސްކް މީހުން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ކާފިއު ހިންގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑް ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށައް ދާން ފަށާފައެވެ. ނަމަވެސް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކުގެ މަތީގައި އަދި ދެހަފުތާއެއްހާ ދުވަހު މަޑުކޮށްލަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވި ދުވަހުވެސް ވަނީ އިޝާރާތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު