ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން، ބިގޭ (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ (ވ)
ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން، ބިގޭ (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ (ވ)
ތުތިމަހަށް ކޮށާ ކާޅަށް ކާންދިނަސް ހައްގުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.


ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބޭރުކޮށްލަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓުލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އެގޮތަށް އަންގަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަނީ ތުހުމަތު ކުރަށްވާފައެވެ.

އީވާގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ކުރީގެ ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުންގެ ކޮއްކޮ މުހައްމަދު ރަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާ އަބަދުވެސް ހުންނަވާނީ ޙައްޤުބަސް ވިދާޅުވުން މަތީގައި ކަމަށެވެ. އަދި އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ދިއުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ބިގޭ ވިދާޅުވިއެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ، އޭނާއަކީ ގައުމަށްޓަކައި ޖާނާ މާލުން މުޅި ހަޔާތް ގުރުބާންކުރި މީހެއް ކަމަށާއި، އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބިއްޖެ ކަމަށެވެ. އަދި ކުރަމުންދާ ދޮގު ތުހުމަތުތަކުގެ ސަބަބުން އޭނާގެ ޢާއިލާއާއި، ހެޔޮއެދޭ އެކުވެރިންނަށް ލިބެމުންދާ ހިތްދަތިކަން ވަރަށް ބޮޑު ކަމަށާއި އެހެންކަމުން ދޮގު ތުހުމަތުތަކަށް ބީރު ކަންފަތެއް ދީގެން އަބަދު ނުހުންނަވާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން އެގޮތަށް ނުކުރި ނަމަވެސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު


1

ހުސައިންބޭ

13-Jun-2021

ބިގޭ ބުނީ ހައްގުބަހެއްނޫން ރިޝްވަތުގެ ހަޑިމުޑުދާރުބަސް ތިވައްތަރުގެ ހައްގުބަހަށް ﷲ ޖަޒާދެއްވާކަން ހަދާންކުރާތި


0

ދޮގެއް?

13-Jun-2021

ސަރުކަަރު ވަޒީފާގަ ހުރެ, ސަރުކާރުގެ ތަކެތި ބޭނުން ކޮށްގެން ބޮން ހަދައި, ސަރުކާރުގެ އޮޑިދޯނިފަހަރުގަ އެ ރައްކާ ކޮށްގެން ބޮން ގޮއްވި މީހަކަށް ކޮން ހައްގު ބަހެއް ބުނެވޭނީ! މިހާރުގެ ކުދިންނަށް މި ހަގީގަތްތައް ނޭނގުނަސް އަހަރުންނަށް އެނގޭ ތީ ކާކުކަން! އެމްޑީޕީއަކު ނުހުންނާނެ މިކަހަލަ ނަޖިހެއް ނޫނިއްޔާ!