އިނާމެއްގެ ގޮތުގައި އެއްލަކަށް ރުފިޔާ އަދި ޖީ އެން ސައިލެއް ލިބޭ ލެވިސްޓާ ކޮފީގެ ޕްރޮމޯޝަނަކީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.


ލޮޓަސް ފިހާރައިން ކުރިއަށްގެންދާ މިޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވުން ވެސް އޮތީ ހަމަ އެހާމެ ފަސޭހައިންނެވެ. ހަދަންޖެހޭ ގޮތަކީ ލެވިސްޓާ ކޮފީ ދަޅުގެ މަތިގަނޑުތައް އެއްކޮށްގެން އެމީހެއްގެ ނަމާއި އައިޑީކާޑު ނަންބަރާއި، ފޯނު ނަންބަރާއިއެކު ލޮޓަސް ފިހާރައާ ހަވާލުކުރަންވީއެވެ.

މިލަކީޑްރޯ ޚާއްޞަ ވަނީ ހަމައެކަނި އެއްލައްކަ ރުފިޔާ ލިބޭތީއަކީ ނޫނެވެ. މި ލަކީޑްރޯއަށް ޒުވާނުންގެ ތަރުހީބު އެހާ ބޮޑުވެގެން އުޅެނީ އިނާމަށް ހުށައަޅާފައިވާ ސުޒުކީ ޖީ އެން ސައިކަލުގެ ވެސް ސަބަބުންނެވެ. އެގޮތުން މިލަކީޑްރޯއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއްލަކަށް ރުފިޔާގެ އިނާމެއް ހުށައަޅާފައިވާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް ލިބެނީ ސުޒުކީ ޖީއެން ސައިކަލެކެވެ.

ދެން އޮތީ އަތޮޅުތަކުގެ ރައްޔިތުން އަދި މާ ބޮޑަށް ބޭނުންވާ ކަހަލަ އިނާމެކެވެ. އެއީ ރަށު ޕިކަޕެކެވެ. ރަހަމީރު ދެގޮތެއް ނުވާ ލެވިސްޓާ ކޮފީގެ ލަކީޑްރޯއިން ތިންވަނައަށް ހޮވޭ ފަރާތަކަށް ލިބެނީ ރަށު ޕިކަޕެކެވެ. މިހާހިސާބަކުން އަދި ނުނިމެއެވެ. ލެވިސްޓާ ލަކީ ޑްރޯގައި އެކެއް، ދޭއް އަދި ތިންވަނައިގެ އިތުރުން، އިތުރު 10 ފަރާތަކަށް ވެސް އިނާމު ލިބެއެވެ. މި ދިހަ އިނާމަކީ 10 ބައިސްކަލެވެ.މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ މޮޅު އެންމެ ރަހަމީރު ލެވިސްޓާ ކޮފީގެ މިޕްރޮމޯޝަނަކީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ލެވިސްޓާއަކީ މިއަދު މުޅި ދުނިޔޭގެ ކޮފީގެ ބާޒާރުގައި ވާދަކުރާ ވަރަށް މޮޅު ކޮފީއެކެވެ. އެންމެ މޮޅު ކޮފީ ބީންސުން ވަރަށް ޚާއްޞަ ގޮތްތަކެއް ބޭނުންކޮށްގެން އުފައްދާ ލެވިސްޓާ ކޮފީއަކީ މިހާރު ރާއްޖޭގެ ބާޒާރުން ލިބެންހުރި ފެންވަރާއި ރަހައިގެ ގޮތުން އެންމެ ޔަގީން އަދި އަގުގެ ގޮތުންވެސް ވާދަނުކުރެވޭހާ އަގުހެޔޮ އެހާމެ ރަހަމީރު ކޮފީއެކެވެ. ކޮފީ ބެއްލެވުމަށް ލޯބިކުރާ ބޭފުޅަކު މި ކޮފީ އަޖުމަ ބައްލަވާލައްވަން ބެއްލެވުމަށްފަހު ދެން އެހެން ބާވަތެއްގެ ކޮފީއެއް ކަމުނުދާހާވެސް ލެވިސްޓާގެ ރަހަ ތަފާތުވާނެކަން ހަމަޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު