ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ސަރުކާރުގެ ނިޝާން ޖަހާފައިވާ ލިޔުމެއް އޮތް ނަމަވެސް އެއީ މުދަލުގެ މައްޗަށް މީހެއްގެ ހައްގު އޮތްކަން ގާނޫނީ ގޮތުން ނިންމޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގި 7000 ފްލެޓް މަޝްރޫއުގެ ފްލެޓްތައް ޙަވާލުކުރުމުގައި ކަން ހިނގާފައިވާގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރިފްޢަތު ވިދާޅުވީ ސަރުކާރުގެ ނިޝާންޖަހައި ދޫކުރާ ލިޔުމަކުން ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އުފެދެނީ އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންނާއި އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ އިލްތިޒާމްތަކުން ކަމަށެވެ.

އަދި ފްލެޓް ލިބުނު ކަމަށް ލިޔުމުގައި ބަޔާންކޮށްފައި ވީނަމަވެސް، ފްލެޓް ޙަވާލްކުރުމަށް އެގްރީމެންޓެއްގައި ސޮއި ކުރަން ޖެހޭތީ އެ ލިޔުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް ނޫންކަމަށް ރިފްޢަތު ވިދާޅުވިއެވެ. ރިފްޢަތު ވިދާޅުވީ، ފްލެޓް ލިބުނު ކަމުގެ ލިޔުމަކީ މުދަލުގެ މައްޗަށް ޤާނޫނީ ޙައްޤެއް އުފަންކުރާނެ، ދަލާލަތު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެލިޔުމަކީ ޝަރުތުގެ މައްޗަށް ބިނާވާ ލިޔުމެއް ކަމަށެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލާނެ ކަންތައްތަކެއްގެ ވާހަކަ ފްލެޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ލިޔުމުގައި ބުނާ ކަންތައްތައް ކަށަވަރު ނުވާނަމަ ދަޢުލަތުގެ ނިޝާން ޖެހި ލިޔުމެއް އޮތްނަމަވެސް ފްލެޓް ލިބެން ޖެހޭ ފަދަ ޤާނޫނީ ބަނދެވުމެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު ވިދާޅުވީ ދަޢުލަތުގެ ނިޝާން ޖަހާފައިވާ ލިޔުމަކާ ޚިލާފު ނުވެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން