ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެޒިޑެންޓް ސަފީރު އާމިނަތު އަބްދުﷲ ދީދީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޕީޓާ ޕަވެލްއަށް ރަސްމީކޮށް އަރުވައިފިއެވެ.
އިއްޔެ ހެނދުނު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުންނަ ރިޔާސީ ގަނޑުވަރު، ޕްރާގް ކާސްލްގައި ބޭއްވި މި ތާރީޚީ ރަސްމިއްޔާތުގައި، ފަތުރުވެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ރައީސް ޕަވެލްގެ އަރިހަށް ސަފީރު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި، ޗެކް ރިޕަބްލިކްގެ ރައީސަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
އަދި ޗެކް ސަރުކާރުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ގާބިލުކަން އިތުރުކުރުމާއި ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން، ޚާއްޞަކޮށް ޒުވާނުންނަށް ފަންނީ ތަމްރީނުތައް ހޯދައިދިނުމުގައި އެއްބާރުލުން އިތުރުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ޗެކް ރިޕަބްލިކްގެ ރައީސް ޕީޓާ ޕަވެލް ވަނީ ސަފީރު އާމިނަތު އަބްދުﷲ ދީދީ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގައި ޗެކް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ޕަވެލް ދެއްވިއެވެ.
ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑެސްކް އޮފިސަރު ހަދީޖާ އައުފިޔާއުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވި އާމިނަތު އަބްދުﷲ ދީދީއަކީ، 2019 އިން 2023 އަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު