އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށް ގާނޫނީ ވަކީލު އައިކް އަހްމަދު އީސާ އަދި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އިންތިހާބުވެއްޖެ އެވެ.
އެ ޕާޓީން އާންމުކޮށްފައިވާ ނަތީޖާ ދައްކާ ގޮތުން، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ޓީމުން ވާދަކުރެއްވި އައިކަށް 1،360 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ޓީމުގެ ކެންޑިޑޭޓް އަރުޝަމް އަބްދުﷲ އަށް ލިބިވަޑައިގަތީ 813 ވޯޓެވެ.
އަދި ފައްޔާޒުގެ ޓީމުން ވާދަކުރެއްވި ޒާޔާ އަންހެނުންގެ ރޫހުގެ ރައީސާކަން ކާމިޔާބުކުރެއްވީ 2،155 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި މަރިޔަމް އީމާ ޝަފީގަށް ލިބިވަޑައިގަތީ 1،527 ވޯޓެވެ.
މި އިންތިހާބުގައި އަންހެނުންގެ ރޫހުގެ މެންބަރު ކަމުގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ކާމިޔާބުކުރީ ފައްޔާޒުގެ ޓީމުންނެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ އާއި އާމިނަތު މާސާ ހަސަންގެ އިތުރުން ރީސާ އަހްމަދެވެ. ބާކީ ދެ ގޮނޑި ކާމިޔާބުކުރެއްވި ރިޒްނާ ޒަރީރު އާއި ޒަހުރާ މޫސާ އަކީ ފައިސަލްގެ ޓީމުން ތާއީދުކުރި ކެންޑިޑޭޓުންނެވެ.
ޒުވާނުންގެ ހިތްވަރުގެ މެންބަރު ކަމުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރީ ވެސް ފައްޔާޒުގެ ޓީމުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
އެއީ އައިޝަތު ޝިމަން އަހްމަދު އާއި މުހައްމަދު ހަމާއިދު އަބްދުލްޣަނީ އާއި އަހްމަދު އަހްނަފް ފިރާގުގެ އިތުރުން އަލީ މުއައްވަޒެވެ. މީގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކުން ވެސް ފައްޔާޒުގެ ޓީމުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު