އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާއަށް، ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެ އެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓުދެއްވި ޕާޓީގެ މެންބަރުންނަށާއި ސަޕޯޓަރުންގެ އިތުރުން، ކެމްޕޭނުގެ އެކި މަސައްކަތްތަކުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.
ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި މި ބައި-އިލެކްޝަނަކީ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އިންތިޚާބެކެވެ.
އެކި ސަބަބުތަކާ ހުރެ އތމ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާދެއްވައި ގޮނޑިތައް ހުސްވަމުންދާތީ، އިލެކްޝަންސް ކޮމިޝަނުން ދަނީ ރަށްރަށުގައި ބައި-އިލެކްޝަންތައް ބާއްވަމުންނެވެ.
އަދި ފަހަކަށް އައިސް ބާއްވާ ގިނަ ބައި-އިލެކްޝަންތަކުގައި ވެރިކަންކުރާ ޕީއެންސީން އަންނަނީ ކައުންސިލްތަކާއި އތމ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު