މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން އިގްބާލް އާދަމް މިރޭ ވަކިކުރައްވައިފި އެވެ.
އިގްބާލް މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައި ވިޔަސް، އެ ނިންމެވުން ނިންމެވި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ.
މީގެ އިތުރުން، ހިލާލީގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު ވެސް މަގާމުން ވަކިކުރައްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެއް އާއިލާއަކަށް ނިސްބަތްވާ މި ދެ ބޭފުޅުން ވަކިކުރެއްވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.
މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިގްބާލް އައްޔަންކުރެއްވީ 19 ނޮވެމްބަރު 2023 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާގެ ބޭފުޅެއް ކަމަށްވާ އިގްބާލް މީގެ ކުރިން ވަނީ ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދުވަސްވަރު އެޗްޑީސީގެ އިސް މަގާމެއް ހިމެނެ އެވެ.
ހަމައެއާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެމްބަރުކަމާއި، ހއ. އަތޮޅުވެރިކަމުގެ އިތުރުން ހއ. ވަށަފަރުގެ ކަތީބުކަން ވެސް އިގްބާލް ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު