ގުޅުން ބަދަހިކުރަން ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބާއްވަން ފަރަންސޭސި ސަރުކާރާއެކު ރާއްޖެއިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފޮރިން މިނިސްޓްރީ
ގުޅުން ބަދަހިކުރަން ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބާއްވަން ފަރަންސޭސި ސަރުކާރާއެކު ރާއްޖެއިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފޮރިން މިނިސްޓްރީ
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ދިވެހިރާއްޖެއާއި ފަރަންސޭސި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި ފަރަންސޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލެމްބާރޓެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ލެޓަރ އޮފް އިންޓެންޓްގައި ސޮއިކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމަށް ލާބައާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި އެއްބަސްވުމުން ދައްކުވައިދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ދެ ގައުމުން ދެކޭ ގޮތް އެއްގޮތްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް