އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކުރުމުގެ ކުރިން، މުވައްޒަފުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގެ ޕްރޮގްރާމްތައް މިއަދު ފަށައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އެ ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ތެރެއިން އަންނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު 24 ސިފައަށެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ހަތަރު ބޭފުޅަކު ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، އިސްލާމީ އަދަބު އަޚުލާޤުގެ މުހިންމު ހަތް ސިފައަކަށް ވަނީ އަލިއަޅުވާލާފައެވެ. އޭގެ ތެރޭގައި ވަގުތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ހިނިތުންވުމާއެކު ބައްދަލުކުރުމާއި، ސަލާމް ގޮވައިލުން އާދައަކަށް ހެދުމުގެ އިތުރުން، އޯގާތެރިކަމާއެކު މުޢާމަލާތުކުރުމާއި، މީހުންގެ އަބުރު ރައްކާތެރިކުރުމާއި، މާފުކުރުމުގެ ރިވެތި އާދަ އަށަގެންނެވުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން އަންނަ ޑިސެންބަރު މަހުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މި ތަމްރީނުތަކުގެ ތެރެއިން މުދައްރިބުން ތައްޔާރުކޮށް، ސަރުކާރުގެ އެކި އޮފީސްތަކާއި، މުއައްސަސާތައް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް މި މަޝްރޫޢުގެ މަޢުލޫމާތާއި ތަމްރީނުތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމުގެ މަތިވެރި ސިފަ އަށަގަންނުވައި، އިސްލާމީ ރިވެތި އަދަބުތަކާއި ދިވެހީންގެ އަގުހުރި ސަގާފީ ހަމަތައް ދިރުވައި އާލާކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ޤައުމީ މަސައްކަތެކެވެ.
ސަރުކާރުގެ މައިގަނޑު ތަޞައްވުރަކީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު ވެސް ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، އޯގާތެރިކަމާއި، އަޚުވަންތަކަމުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އަމާން އަދި ހިތްފަސޭހަ މާޙައުލެއް މުޅި ރާއްޖޭގައި ޤާއިމުކުރުމެވެ. ޚާއްޞަކޮށް ޚިދުމަތް ދިނުމުގެ ދާއިރާގައާއި ޢާންމު ދިރިއުޅުމުގައި ރިވެތި އަޚުލާޤު އިސްކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.
މިއީ ދިވެހި ޤައުމިއްޔަތު ވަރުގަދަކޮށް، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހެޔޮ ބަދަލަކުން ޒީނަތްތެރިކުރުމަށްޓަކައި އެޅިގެންދިޔަ ނުހަނު އަގުހުރި އަދި އެހާމެ ބޭނުންތެރި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު