އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މުޅި މާލެއިން ހޮވި 16 މެންބަރުންނަށް ލިބުނު ވޯޓާއި އާންމުކުރި ނަތީޖާ ޝީޓާ ފުށުއަރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ތުހުމަތު ކުރައްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ޝަމްހީދު، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި މާލެއިން 16 ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓުންނަށް ހުޅުމާލެ ދެކުނު ދާއިރާއިން ލިބުނު ވޯޓުގެ ގޮތުގައި ދައްކާފައިވާ އަދަދުތަކަކީ، ވޯޓުލީ މީހުންގެ އަސްލު ވޯޓާ އެއްގޮތަށް ނެރެފައިވާ ޝީޓެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެގޮތުން، ބައެއް ކެންޑިޑޭޓުންގެ ވޯޓު އަދަދަށް 200 އެއްހާ ވޯޓު އިތުރުކޮށްފައިވާ ކަމަށް ފެންނަ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
ޝަމްހީދުގެ އިތުރުން ވެސް އެމްޑީޕީގެ އިތުރު ބަޔަކު ވަނީ އިންތިހާބުގެ ބައެއް ނަތީޖާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތާއީދާއެކު ނުކުތް "ޓީމް އެމްޑީޕީ" ގެ މައްޗަށް، ކުރީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ވަނީ ކުރި ހޯދައިފަ އެވެ.
މާލެ އާއި އެކި ރަށްރަށުގައި ކުރިއަށްދިޔަ މި އިންތިހާބުގައި، މާލޭގެ ގިނަ ގޮނޑިތަކާއެކު އިންތިހާބުގެ އަޣުލަބިއްޔަތު ކާމިޔާބުކުރީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ޓީމުން ކަން ފާހަގަކޮށްލެވެެއެވެ.

ކިޔުންތެރިންގެ ހިޔާލު