މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، މިނިސްޓްރީގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޚާއްޞަ "އޯޕަން ޑޭ" އެއް ބޭއްވުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ "ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން، "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިޢާރުގެ ދަށުން ބާއްވާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 3:00 އިން 6:00 އަށް އެ މިނިސްޓްރީގެ އިމާރާތުގައި ކަމަށެވެ. މިއީ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އޯޕަން ޑޭގެ ތެރެއިން އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ ކައުންޓަރުތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ "ވިސާ ކޯނަރ" އެއް ހުންނާނެއެވެ. އަދި ވީއެފްއެސް ސާވިސަސް ޑެސްކުން ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ ފުރިހަމަ އިރުޝާދު ލިބިގެންދާނެއެވެ.
މީގެއިތުރުން، ފޮރިން މިނިސްޓްރީން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި ފަންނީ ގޮތުން ކުރިއަށްދިއުމުގެ މަގުތަކާ ގުޅޭ މަޢުލޫމާތު "ޖޮބް ކޯނަރ" އިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިނިސްޓްރީގެ މުވައްޒަފުންނާ ސީދާ ވާހަކަދައްކައިގެން ޚިދުމަތްތަކާ ގުޅޭ އިރުޝާދާއި މަޢުލޫމާތު ސާފުކުރުމަށް "ކޯލް ސެންޓަރ" އެއްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ. އަދި މިނިސްޓްރީގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުއިޒް އަދި ޓްރިވިއާ ފަދަ ޝައުޤުވެރި ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ކަހަލަ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ހަރަކާތަކީ އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކޮންސިއުލަރ ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާ ރައްޔިތުންނާ ގާތަށް ގެނެސްދިނުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. އެހެންކަމުން، ކަނޑައެޅިފައިވާ ވަގުތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކޮށް މި ފުރުޞަތުގެ ބޭނުން ހިފުމަށް އެންމެހައި ރައްޔިތުންނަށް އެ މިނިސްޓްރީން ވަނީ ދަޢުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު