ސިނަމާލެ ބުރިޖް: މިއަދު 13:00 ބްރިޖް ހިމެނޭހެން ބައެއް މަގުތައް ބަންދުކުރާނެ
ސިނަމާލެ ބުރިޖް: މިއަދު 13:00 ބްރިޖް ހިމެނޭހެން ބައެއް މަގުތައް ބަންދުކުރާނެ
ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަދި އެ މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އާންމެއް ނުކުރެއެވެ.

އެކްސިޑެންޓްތައް ގިނަވެފައިވާތީ ހުޅުމާލެ އަދި މާލޭގައި ފުލުހުން މިހާރު ދަނީ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށާއި އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވެ ނަސޭހަތްވެސް ފުލުހުން ވަނީ ދޭން ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު