ކުރީ ސަރުކާރުން ވާރުތަވި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއް ވައުދާ އެއްގޮތަށް ހަވާލުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެންމެ މުހިންމު ދާއިރާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނުނިމި ހުރި އެތައް ހާސް ފްލެޓެއްގެ މަސައްކަތް ނިންމައި، މިހާރު އެ ހުރިހާ ތަނެއް ހަވާލުކޮށް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން ނިންމުމަށްފަހު، މެދުކެނޑުމަކަށްފަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު އަލުން ފަށާފައިވާ ކަމަށާއި، އެ ފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ކުރީ ސަރުކާރުން ވާރުތަވި ހުރިހާ ބޯހިޔާވަހިކަމުގެ ކަންކަމެއް ވައުދާ އެއްގޮތަށް ހަވާލުކުރަމުން މިދަނީ. އޭގެ އިތުރަށް އަލަށް އެތައް ފްލެޓެއްގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމަށް 58،000 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު