ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބާރސެލޯ ނަސަންދުރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަަހީމް ޢަބްދުالله އެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ.
މިއަދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރު ކޯލިޝަނާ ގުޅިގެން ކުރިއަށް ދިއުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިމަހުގެ 14 ވަނަ ދުވަހު ވަނީ ނިންމައިފައެވެ.
މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ޢަދާލަތު ޕާޓީން ފާސްކުރި ޤަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅާފައެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ސަރުކާރާއެކު މަސައްކަތްކުރުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީއަށް ފުރިހަމަ ތާއީދު ދިނުމުގެ އިތުރުން، ކޯލިޝަންގެ އެއްބަސްވުމުގެ ކަންކަން ނިންމަވައި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އެންމެހައި ބާރުތައް ޕާޓީގެ ރައީސަށް އެރުވުމެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުގެ މުހިންމު މަޤާމުތަކެއް އެ ޕާޓީގެ މެންބަރުންނަށް ހަމަޖެހިގެންދާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު