ކުލި ނުދައްކާ ކަމަށް ބުނެ ހުޅުމާލޭ "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ހިންގާ ބިމުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށް، އެ ތަން ހުސްކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް އެޗްޑީސީގެ މައްޗަށް މީގެކުރިން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި އެ ރެސްޓޯރެންޓް ހިންގަމުން އަންނަ ސޮލާރިސް ކުންފުންޏަށް ދޫކޮށްފައިވާ ބިމުގެ އެއްބަސްވުން، ގަވާއިދުން ކުލި ނުދައްކާ ކަމަށް ބުނެ އެޗްޑީސީން ބާތިލުކުރުމާ ގުޅިގެން ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
އެޗްޑީސީން ރެސްޓޯރެންޓް ހުސްކުރުމަށް ފިޔަވަޅުތައް އަޅަމުން ދަނިކޮށް، ސިވިލް ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ އެ ތަނުގެ ވިޔަފާރި ހުއްޓޭ ފަދަ އެއްވެސް ފިޔަވަޅެއް އެޗްޑީސީން ނޭޅުމަށާއި، އަދި އެފަދަ އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އެ ކަމެއް ވަގުތުން ކުރިން އޮތް ހާލަތަށް އިޔާދަކުރުމަށެވެ. ނަމަވެސް އެއީ އެޗްޑީސީގެ ޣައިރު ހާޒިރުގައި ނެރެފައިވާ އަމުރަކަށް ވާތީ، އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެޗްޑީސީން ކޯޓުގައި އެދުނެވެ.
އެ މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ނިންމީ، އެޗްޑީސީގެ ޣައިރު ހާޒިރުގައި ނެރުނު އެ ވަގުތީ އަމުރު ދެން ދެމެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެ އަމުރު އެގޮތަށް ދެމިއޮތުމަކީ އެޗްޑީސީއަށް އޭގެ ސަބަބުން ހައްޤު ނޫން ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ކޯޓުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގެ މައުޟޫއީ ޝަރީޢަތް ސޮލާރިސް ކުންފުންޏާ އެއްކޮޅަށް ނިމިއްޖެ ނަމަވެސް، ލިބޭ ގެއްލުމަށް މާލީ ބަދަލު ހޯދުމުގެ ފުރިހަމަ ގާނޫނީ އިންތިޒާމެއް އޮތުމަކީ ވެސް މިފަދަ ވަގުތީ އަމުރެއް ދަމަހައްޓަން ނުޖެހޭ ސަބަބެކެވެ.
މި މައްސަލައިގެ ފެށުމުގައި ވެސް ސޮލާރިސް އިން ވަގުތީ އަމުރަކަށް އެދުމުން ސިވިލް ކޯޓުން އެ ފަހަރު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މިހާތަނަށް ހައި ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާފައިވާކަން އެނގެން ނެތް ކަމަށާއި، ފުރަތަމަ އަމުރު ނެރެނުދިން ފަހުން މައްސަލައިގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުން ފާހަގަކުރިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ރިވެލި ރެސްޓޯރެންޓް ހިންގާ ސޮލާރިސް ކުންފުނިން ކުލީގެ ގޮތުގައި އެ ކޯޕަރޭޝަނަށް ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ. އަދި އެއްބަސްވުން ހެދީއްސުރެ ވެސް ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ގަވާއިދުން ދައްކާފައި ނުވާ ކަމަށާއި، އެންމެ ފަހުން ވެސް ދައްކާފައިވަނީ ދައްކަންޖެހޭ ފައިސާގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު