މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޖަމްޝީދު އިސްމާޢީލް (43އ)
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޖަމްޝީދު އިސްމާޢީލް (43އ)
ފ. ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސާމަރާމަންޒިލް / ފ. ބިލެތްދޫ، ޖަމްޝީދު އިސްމާޢީލް (43އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބިލެތްދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މަހުގެ 18 ވަނަ ދުވަހު ބިލެތްދޫ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ބިލެތްދޫ ބަނދަރު ސަރަހައްދުން ޖަމްޝީދު ހުއްޓުވައި، އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 662 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް