އަމީނީ މަގު ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެފައިވާތީ، ބޮޑުތަކުރުފާނުމަގުން ބައެއް ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ، އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފެށިގެން، ބޮޑުތަކުރުފާނުމަގުގެ ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. މަސައްކަތް ނިމެންދެން ބަންދުކޮށްފައި އޮންނާނެ މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަގު ބަންދުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ނެގުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުން، ސެގްމަންޓް 3 ގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ "އެމް.ސީ-30 ޕްރައިމް ކޯޓު" އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ، މާދަމާ ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. ތާރު އެޅުން ނިމުމާއެކު، މަގުމަތީގައި ކުރެހުންތައް ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ، ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށްވާ މަގުގެ ސަރަހައްދެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި، 1924.77 އަކަ މީޓަރުގެ މި ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަޅައި، ތާރު އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.
ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، މަޝްރޫޢުގެ ދަށުން ދެން އޮތް ސެގްމަންޓް 4 ގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނުމަގު މަރާމާތް ކުރުމުގެ މަސައްކަތްކުރުމަށްޓަކައި، 2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، ސުނާމީ ބިނާ އިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް ދަންނަވަމެވެ.
— Maldives Police (@PoliceMv) October 19, 2026
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެމެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުން، ސެގްމަންޓް 3 ގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ "އެމް.ސީ-30 ޕްރައިމް ކޯޓު" އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ، މާދަމާ ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. ތާރު އެޅުން ނިމުމާއެކު، މަގުމަތީގައި ކުރެހުންތައް ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ، ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށްވާ މަގުގެ ސަރަހައްދެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި، 1924.77 އަކަ މީޓަރުގެ މި ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަޅައި، ތާރު އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.
ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، މަޝްރޫޢުގެ ދަށުން ދެން އޮތް ސެގްމަންޓް 4 ގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު