ކުޅުދުއްފުށި ޖެޓީ ބޮޑުކުރުމުގެ މަސައްކަތުގެ މަޝްރޫއުގެ ތެރެއިން--
ކުޅުދުއްފުށި ޖެޓީ ބޮޑުކުރުމުގެ މަސައްކަތުގެ މަޝްރޫއުގެ ތެރެއިން--
ނެއްލައިދޫ ޑިންގީ ޖެޓީއާއި ކުޅުދުއްފުށީ ޖެޓީގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށި ސިޓީގެ ޖެޓީ ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން ދަނީ ކޮންކްރީޓްއާއި ތަނބުތަކުގެ މަސައްކަތް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ ޖެޓީ ބޮޑުކުރުމުގެ މަސައްކަތަކީ 2023 ވަނަ އަހަރު އޮގަސްޓު މަހު 11.27 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫ ޑިންގީ ޖެޓީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮލަމްތަކުގެ ޝަޓަރިން އަދި ރީއިންފޯސްމަންޓް މަސައްކަތްތަކާއި ކުރުމާއި، ފުޓިން ޝަޓަރިންގެ މަސައްކަތްތައްކަށް ތައްޔާރުވުމުގެ ކަންކަން ކަމަށް އެމްޓީސީސީން ބުންޏެވެ.

ނެއްލައިދޫގެ ޖެޓީ އާއި މަގުތައް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 2025ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

އެކި ރަށްރަށުގެ ބަނދަރާއި ޖެޓީތައް ހެދުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް