ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމުކުރަން ސޮއިކުރުން
ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމުކުރަން ސޮއިކުރުން
ފަނަރަ މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވަރ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ގާއިމުކުރަން އެންވަޔަަރަމަންޓް މިނިސްޓްރީއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެންވަޔަރަަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ.





އެންވަޔަރަަމަންޓް މިނިސްޓްރީން ބުނީ މި އެމްއޯޔޫއަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް