ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ކާނޭޝަންވިއު، އުމުުރުން 35 އަހަރުގެ އިބްރާހީމް ކަލީމް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މާލެއިން ކުޅުދުއްފުއްޓަށް ދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިހާއި، ހަނިމާދޫ ޕޮލިސް އަދި އަޕާނޯތު ޕޮލިސް ސީރިއަސް ކްރައިމް އިވެސްޓިގޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުންބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު