ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ދެ ފަސިންޖަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށް، އެ މީހުންގެ އަތުން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މި ދެ މީހުން އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ފްލައިޓަކުން ކަމަށެވެ.
މި ދެ ފަސިންޖަރުންގެ އަތްދަބަސް ޗެކްކުރުމުގެ މަރުހަލާގައި، އެ މީހުންގެ އަމަލުތައް ހުރި ގޮތުން އެއާޕޯޓުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އެ މީހުން ހުއްޓުވައި، ސުވާލުކޮށް އިތުރަށް ބަލައި ފާސްކޮށްފައިވެއެވެ. މިގޮތަށް ފާސްކުރިއިރު އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލު ހާމަކުރަމުން ކަސްޓަމްސްއިން ބުނީ، އެ ދެ މީހުންގެ ހަށިގަނޑުގެ އެތެރެއިން ޖުމްލަ 142 "ބުލެޓް" ފެނިފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުރިއިރު، އޭގެ ތެރޭގައި ހިމެނެނީ 708.2 ގްރާމްގެ ހެރޮއިން އާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 51.6 ގްރާމްގެ މޯފިން ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސްއިން އަންނަނީ ފާރަވެރިކަމާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން، އެކި އުކުޅުތައް ބޭނުންކޮށްގެންނާއި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ބަންދުކުރުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު