ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަަވާ ނޮން-ރެޒިޑެންޓް ސަފީރު ޝަބީނާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބްރޫނާއީގެ ރަސްގެފާނަށް އަރުވަނީ--
ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަަވާ ނޮން-ރެޒިޑެންޓް ސަފީރު ޝަބީނާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބްރޫނާއީގެ ރަސްގެފާނަށް އަރުވަނީ--
ރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބުރުނާއީ ގެ ރަސްގެފާނު ސުލްޠާން ޙާޖީ ހަސަނަލް ބޮލްކިއާ މުއިއްޒައްދީން ވައްދައުލާ އިބްނި އަލް-މަރްޙޫމް ސުލްތާން ހާޖީ އޮމަރު އަލީ ސައިފުއްދީން ސައާދުލް ޚައިރީ ވައްދީން، އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބްރޫނާއީގެ ޝާހީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާން ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު ޑރ.މަރިޔަމް ޝަބީނާ އަހުމަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.

މިބައްދަލުވުމުގައި، ރަސްގެފާނުގެ ވާހަކަފުޅުގައި އެކަމަނާ އަށް މަރުހަބާ ދަންނަވައި ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ކުރެވޭ މަސައްކަތުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

ޝަބީނާ ވަނީ، ރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައިވާ ނޮން ރެޒިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމަށް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބުރުނާއިގެ ރަސްގެފާނަށް އަރުވާފައިވެއެވެ.

ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އަކީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ރާއްޖެއިން ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް