ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންތަކެއް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ވަކިވެވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުން އިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސަލަފް ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު އާއި އެ ޖަމިއްޔާގެ ތަރުޖަމާނު ހަސަން މޫސާ ފިކުރީ އަދި، ޑރ. ޒާހިރު އާއި އެވެ.
ނަމަވެސް އެބޭފުޅުންނާ ސީދާ ގުޅޭ ގޮތް ވެފައިނުވާތީ "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެއެެވެ.
އިސް ބޭފުޅުންތަކެއް އިސްވެރިންތަކެއް އިސްތިއުފާ ދެއްވި ދަނޑިވަޅު އިލްމުވެރިންގެ ގުޅުމުން ވަނީ ރަސްމާލެ، ޔޫއޭއީގެ ކުންފުނި އީގަލްސް ހިލްސްއަށް 99 އަހަރަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ދިރާސާތައް ހަދަމުންނެވެ.
ރަސްމާލެ 99 އަހަރަށް ދިނުމާ ދެކޮޅަށް ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިން ފާޅުގައި ދަނީ ދެކޮޅުހަދަމުންނެވެ.
ރަސްމާލޭގެ ބިން އީގަލްހިލްސްއަށް ކުއްޔަށް ދިނުމާ ދެކޮޅަށް ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ގައުމީ ހަރަކާތެއް ވެސް ޕީއެންއެފްއާއި އެމްޑީޕީ ގުޅިގެން މިއަދު ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު