ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ނައްތާލުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ނައްތާލުން
800އަށް ވުރެ ގިނަ ބަނގުރާ ހޯދައި އެ މައްސަލައިގައި ދިވެއްސަކު ހައްުޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ/ މާލެ، މުހައްމަދު ރަޝްވާން އައްބާސް(53އ.)އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަޝްވާން ހައްޔަރުކުރީ ބަނގުރަލުގެ މައްސަލައިގައި ހުއްޓުވި ދެ ބިދޭސީއަކު ދިން މައުލޫމާތަކާ ގުޅިގެން އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެ ބިދޭސީންނަކީ ރަޝްވާންގެ ދެ މުވައްޒަފުންކަމަށާއި އެ މީހުން ބަނގުރަލުގެ ކަންކަމުގައި އުޅުނީ ރަޝްވާން ބުނެގެންކަމަށް ބިދޭސީން ބުނާ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ހ. މާދޫގެ ބަލައި ފާސްކޮށް ވެސް 800އަށް ވުރެ ގިނަ ބަނގުރާ އަތުލައިގެންފައި ވެއެވެ. އެ މައްސަލައިގައި ތިން ބިދޭސީއަކު ހައްޔަރުކޮށް ބަންދުކޮށްފައިވާ އިރު ރަޝްވާންއާ އެ މައްސަލައާ ގުޅުން އޮތް ކަމެއް ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް