އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށާއި ހަކަތަ އުފައްދާ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާގައި އޮތް ނިއުކްލިއަރ ނޫން އެންމެ ބާރުގަދަ ބޮން ކަމަށްވާ "މަދަރ އޮފް އޯލް ބޮމްބްސް" (އެމް.އޯ.އޭ.ބީ) ބޭނުންކުރުމުގެ ފުރުޞަތު އޮތް ކަމަށް އަސްކަރީ ރޭވުންތަކާ ޙަވާލާދީ ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
ރިޕޯޓުތައް ބަޔާންކުރާ ގޮތުގައި، މިފަދަ ހަރުކަށި ފިޔަވަޅަކަށް ވިސްނަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން، އީރާނާއެކު އުފެދިފައިވާ ނުތަނަވަސްކަމަށް އަވަސް ނިމުމެއް ގެނެސް، އެ ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދިއުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައެވެ.
"މެސިވް އޯޑްނަންސް އެއަރ ބްލާސްޓް" (އެމް.އޯ.އޭ.ބީ) ގެ ނަމުން ނަންދެވިފައިވާ މި ބޮމަކީ، އެމެރިކާގެ އަސްކަރީ ކޯރުގައި ހިމެނޭ އާދައިގެ އެންމެ ބޮޑު ގޮވާތަކެއްޗެވެ. ގާތްގަނޑަކަށް 9.8 ޓަން (21,600 ޕައުންޑް) ގެ ބަރުދަން ހުންނަ މި ބޮމަކީ، ބިމުގެ އަޑިއަށް ވަދެގެން ދިއުމުގެ ބަދަލުގައި، ބިމާ ކައިރިން ވައިގެ ތެރޭގައި ގޮއްވާލައިގެން ފުޅާ ސަރަޙައްދަކަށް އިންތިހާއަށް ބާރުގަދަ ޝޮކްވޭވް ފޮނުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ.
އެހެންނަމަވެސް، އީރާނުގެ ބިމުގެ އަޑީގައި ވަރުގަދަކޮށް ބިނާކޮށްފައިވާ ނިއުކްލިއަރ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ ޤާބިލުކަން މި ބޮމުގައި ހުންނާނެ މެދު އަސްކަރީ ތަޖުރިބާކާރުންނާއި އޮފިޝަލުން ދަނީ ސުވާލު އުފައްދަވަމުންނެވެ. މީގެއިތުރުން، މި ބޮމުގެ ސަބަބުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވުމާއެކު، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ކައިރީގައިވާ ހަކަތައިގެ މަރުކަޒުތަކަށް ޙަމަލާދީފިނަމަ، ޢާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުންވެސް ދަނީ ފާޅުކުރެވެމުންނެވެ.
މި ރޭވުންތަކާ މެދު އަދި މިހާތަނަށް ވަކި ގޮތެއް ނުނިންމި ނަމަވެސް، މިފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުމަށް އެމެރިކާއިން ވިސްނުމަކީ، މުޅި ސަރަޙައްދުގެ މަސްލަޙަތު އިތުރަށް ގޯސްވެ، ފުޅާ ދާއިރާއެއްގެ ސަރަޙައްދީ ހަނގުރާމައަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު