އީރާނާ ދެކޮޅަށް އެމެރިކާއާ ގުޅިގެން ނުވަތަ އަމިއްލައަށް ނަމަވެސް އަސްކަރީ ފިޔަވަޅެއް އެޅުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ "އިސްރާއީލް ހަޔޯމް" ނޫހުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއާއެކު އިންޓެލިޖެންސް އަދި އޮޕަރޭޝަނަލް ގާތް ގުޅުމެއް ބާއްވަމުން، އިސްރާއީލުގެ ސިފައިން ދަނީ އީރާނަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވަމުންނެވެ.
އަދި އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށް އިސްވެ ހަމަލާދިނުމަށް ނުވަތަ ރައްދު ހަމަލާއެއް ދިނުމަށް އިސްރާއީލުން ތައްޔާރުވަމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އިސްރާއީލުން ނުވަތަ އެމެރިކާއިން ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން އިސްރާއީލުން އަދިވެސް ދެކެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެ ގައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.
މީގެއިތުރުން އިސްރާއީލުގެ "ވާލާ" ނިއުސް ސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، އެމެރިކާއިން ދަނީ ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް އިސްރާއީލަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.
ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި، މިހާރުވެސް އެމެރިކާގެ 3،000 އަށްވުރެ ގިނަ ސިފައިން އިސްރާއީލުގެ ތަފާތު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދެއެވެ. އޭގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމުތައް ބަލަހައްޓާ ސިފައިންނާއި، ޕައިލެޓުން، ސަޕޯޓް ކުރޫއިން އަދި ލޮޖިސްޓިކްސް މުވައްޒަފުން ހިމެނެއެވެ.
އަދި ވޮޝިންގޓަނުން ސަރަހައްދީ އަސްކަރީ ބާރު ވަރުގަދަކުރަމުންދާއިރު، އިތުރު ސިފައިން ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އީރާނާއެކު އުފެދިދާނެ ކުރިމަތިލުމަކަށް ނުވަތަ މަސްރަޙު އަވަސްކަމާއެކު ގޯސްވެގެންދާނެ ހާލަތަކަށް ތައްޔާރުވަމުންނެވެ. މިގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާއެކު ސިފައިން ދަނީ މަސައްކަތްތައް ސީދާ ކޯޑިނޭޓް ކުރަމުންނެވެ.
މި ރިޕޯޓުތައް އާންމުވެފައި މިވަނީ، އިންސާފުވެރި ހައްލަކަށް ވާސިލުވުމަށްޓަކައި ސުލްހަވެރި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ގަތަރުގެ މެދުވެރިން މެދުވެރިކޮށް އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން ޝަރުތުތަކެއް އެމެރިކާއަށް ހުށަހަޅާފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ފަހުން ވިދާޅުވެފައިވަނީ އީރާނުން ހުށަހެޅި އެ ޝަރުތުތަކަށް ވޮޝިންގޓަނުން އެއްބަސްވެފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު