ދިވެހިރާއްޖޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަލުވިކޮށް އަދި ފަންނީ ގޮތުން އެންމެ މަތީ މިންގަނޑަކަށް ގެންދިއުމަށްޓަކައި ޚާއްޞަ ސޮފްޓްވެއަރއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން އަލަށް ތަޢާރަފުކުރި މި ސޮފްޓްވެއަރއަށް ދީފައިވާ ނަމަކީ "ސްމާޓް ޑްރޯ" އެވެ. މި ޒަމާނީ ސޮފްޓްވެއަރ ބޭނުންކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، އެ މަސައްކަތްތައް ކުރިއަށް ގެންދާ ދުވެލި އަވަސްކުރުމެވެ.
"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް، އެންމެ ޞައްޙަ ގޮތުގައި އަދި ފަސޭހަކަމާއެކު ކުރަހައި އެކުލަވާލުމަށްޓަކައި ޔޫޒަރ-ފްރެންޑްލީ ގޮތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ސޮފްޓްވެއަރއެކެވެ. މީގެ ސަބަބުން ތަހުގީގު އޮފިސަރުންނަށް ކުށުގެ ވެށި ނުވަތަ ހާދިސާ ހިނގި ސަރަހައްދު ވަރަށް ތަފުސީލުކޮށް ރެކޯޑުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަންތަކާއި، ޓީ-ޖަންކްޝަންތައް އަދި ސީދާ މަގުތައް ހިމެނޭހެން، ރާއްޖޭގެ މަގުތަކާ ގުޅޭ ތަފާތު ލޭއައުޓްތައް ކުރީބައިގައި ވަނީ ހިމަނާފައެވެ. މީގެއިތުރުން، އެކި ބާވަތްތަކުގެ އެއްގަމު އުޅަނދުފަހަރާއި، ސައިކަލު، ޓްރެފިކް ނިޝާންތަކާއި އިޝާރާތްތައް، މަގުބައްތިތައް އަދި ތަހުގީގަށް މުހިންމުވާ އެހެނިހެން އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް މި ސޮފްޓްވެއަރއިން ފަސޭހަކަމާއެކު ބޭނުންކުރެވެން ހުރެއެވެ.
ހަމައެއާއެކު، ހާދިސާ ހިނގި ސަރަހައްދުގެ ހަގީގީ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖްތައް މި ސޮފްޓްވެއަރއަށް އަޅައިގެން، އޭގެ މައްޗަށް ބިނާކޮށް ޑައިގްރާމްތައް ކުރެހުމުގެ ޤާބިލުކަން ވެސް "ސްމާޓް ޑްރޯ" ގައި އެކުލެވިގެންވެއެވެ.
ފުލުހުން ފާހަގަކުރާ ގޮތުގައި މިއީ އެކްސިޑެންޓް ތަހުގީގުކުރުމުގެ މުޅި މަރުހަލާ ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ހެކި ޑޮކިއުމެންޓްކުރުން މިހާރަށްވުރެ ހަރުދަނާވެ، ފުލުހުންގެ އޮޕަރޭޝަނަލް ހިންގުން އިތުރަށް އަވަސްވެގެންދާނެ ކަމެއް ކަމަށް ވެސް ފުލުހުން ދެކެއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކަށް ތައާރަފުކުރުމުގެ މަސައްކަތް އެ މުއައްސަސާއިން މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު