މަސްތުވާތަކެތީގެ މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ، ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ، ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމުގެ ތުހުމަތުގައި ޏ. ފުވައްމުލަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ދަޑިމަގު، އޮފުވެލި، އުމުރުން 37 އަހަރުގެ މުޙައްމަދު ޢަމީރު އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ ޕޮލިހާއި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 8 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި ބޭނުންކުރާ ބައެއް ވަސީލަތްތައް

ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ގެއިން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 23 ގުރާމު ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަމީރުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު