ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ބަހައްޓާފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތުތަކެއް ދައުރުވަމުން

ދިޔުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފިހާރަ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ 6 ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާގޮތުން، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިއާރުތަކާއި އެފަދަ ދީންތައް ރަމްޒުކޮށްދޭ ތަކެތި ރާއްޖެ އެތެރެކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރި އުސޫލުން ވިއްކުމަކީ މަނާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު