ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ބޮޑު ތަކުރުފާނު މަހު ތަރައްޤީ ކުރުމަށް ހިންގާ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފަށައި އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރެއިން، "ލީން ވޯކްސް" އަދި ކޭބަލް ޓްރެންޗް މަސައްކަތްތައް މި ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ އަސާސީ މަސައްކަތްތަކެކެވެ.

މީގެ އިތުރުން، "ކެޗްޕިޓް" މަސައްކަތްތަކާއި އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

މާލޭގެ ފަޅުން ބައެއް ހިއްކައިގެން ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޖުމްހޫރީ މައިދާނުން ފެށިގެން މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން ޖުމްހޫރީ މައިދާނަށް މަގު ފުޅާކޮށް ތާރު އަޅާފައިވާއިރު، ތިންވަނަ ފިޔަވަހީގެ ދަށުން ވެސްޓްޕާކުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރާ ހަމައަށް އަލުން މަގު ތަރައްގީކޮށް ތާރު އަޅާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް