ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ޚިދުމަތްތަކަށް، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނި ވެސް 4.8 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައިދިނުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމުގެ ދަށުން، މިދިޔަ މަހު ޖުމްލަ 324 ފަރާތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި 310 ކުޑަކުދިން ހިމެނޭއިރު، އެހީތެރިކަން ހޯދި ފަރާތްތަކުގެ ބޮޑު އިންސައްތައަކީ 18 އަހަރުން ދަށުގެ ކުދިންނެވެ.
އެ އޭޖެންސީގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ 157 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާގެ އެހީ ދީފައިވާއިރު، އެކި ބާވަތުގެ ތެރަޕީތަކަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ވެސް ވަނީ ހާމަކޮށްފައެވެ.
އެގޮތުން؛ ބިހޭވިއާ ތެރަޕީއަށް 1،561،780 ރުފިޔާ، އޮކިއުޕޭޝަނަލް ތެރަޕީއަށް 1،237،366 ރުފިޔާ، ސްޕީޗް ތެރަޕީއަށް 1،207،649 ރުފިޔާ، އެޑިއުކޭޝަނަލް ތެރަޕީއަށް 748،400 ރުފިޔާ، އިންޓަވެންޝަނަށް 32،500 ރުފިޔާ، ފިޒިއޯތެރަޕީއަށް 24،492 ރުފިޔާ، ސައިކޯ ތެރަޕީއަށް 21،900 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން މުޅިއެކު 4،834،087 (ހަތަރު މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އަށްޑިހަ ހަތެއް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން މިކަން ހާމަކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މިފަދަ އަސާސީ އަދި މުހިންމު ފަރުވާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، އާއިލާތަކަށް އެހީތެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެއް ކަމަށް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު