ފިޖީގެ ނާދީގައި ބޭއްވި ޕެސިފިކް ޕްރީ-ކޮޕް31 ހައި-ލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ބައްދަލުވުމަކީ ކުރިއަށްއޮތް ކޮޕް31 ގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގެ "އޯޝަން-ކްލައިމެޓް ނެކްސަސް" ކީނޯޓް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު މިމްރާހު ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދާއި ދެމިއޮތުމަށް ކަނޑުތަކާއި އައްސޭރިފަށުގެ ދިރުންތަކުން ކުރާ މުހިންމު ފައިދާގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އަދި ނޫ އިޤްތިޞާދުގެ ތެރެއިން މޫސުމީ ބަދަލުތަކަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި، މޫސުމީ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާއި ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ.
ތުރުކީގެ އަންޓާލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ މަޝްވަރާތަކަށް ތައްޔާރުވުމަށް ބޭއްވުނު މި ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އާއި، ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ރާނިޔާ ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެއާއެކު މި ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "އަތޮޅުތަކުގެ ހޭނުން އަވަސްކުރުން: ޤައުމުތަކުން އިސްނަގައިގެން ކުރިއަށްގެންދާ ފިޔަވަޅުތައް" މި މައުޟޫޢުގެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށާއި، މިދާއިރާއިން ޤައުމީ ތަޖުރިބާތަކާއި އިސްކަންދޭ ކަންކަން ހިއްސާކުރުމުގެ މައްޗަށެވެ.
މީގެ އިތުރުން، ޤައުމުތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހޭނުމުގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ފަސޭހައިން ލިބޭނެ މޫސުމީ މާލީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަ ކޮށްފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު